ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ ސެކިއުރިޓީ ކަނޑާލައިފި އެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސެކިއުރިޓީ ވަނީ ކަނޑާލާފަ އެވެ.
ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ ސެކިއުރިޓީ ކަނޑާލާފައިވަނީ 12 މެންބަރެއްގެ ގޮޑި ނުގެއްލޭ ކަަމަށާއި އިތުރު ނުވަ މީހަކު މިނިވަން ކުރުމަށް ވެސް ވަނީ އަންގާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރެފައިވާ އަމުރުގައި ވަނީ، ޤާނޫނު އަސާސީގައި ބުނެފައިވާގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ނުވާކަމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ޑިފެންސް މިނިސްޓަރ އަހުމަދު އަދީބް އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލްރިޓަޔަރޑް މުހައްމަދުނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.