ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ނުކޮށް ފުލުހުން ގާނޫނާ ހިލާފަށް އެމްޑީޕީގެ ހަރުގެއަށް ވަދެ ގަދަކަމުން މީހުން ނެރެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ރައީސް ނަޝީދާއެކު ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުމަށް ފުލުހުން ދެކޮޅު ހަދާފައިވާއިރު، އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ސުލުހަވެރިކަމާއެކު އަޑުއުފުލަމުން ދިޔަ ރައްޔިތުންގެ ގަޔަށް ކަރުނަ ގޭސް ޖަހައި، އެމްޑީޕީގެ ހަރުގެއިން ވަނީ ގަދަކަމުން މީހުން ނެރެފަ އެވެ.
އަދި ބައެއް މީހުން އަނިޔާވެރިކޮށް ހައްޔަރުކުރި ތަން ފެނުނެވެ.
ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުނުކޮށް، ފުލުހުން ވަނީ ކޯޓް އަމުރެއް ނެތި އެމްޑީޕީގެ ހަރުގެއަށް ވަދެފަ އެވެ.
ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުކުރަން ފުލުހުން ތަންފީޒުކުރަން ފަށާނީ އެ އަމުރުގެ ސައްހަކަން އެނގިވަޑައިގަތުމުން ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައިވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ ފަސް ފަނޑިޔާރުންގެ ސޮޔާއެކު އަމުރު ނެރެ ސުޕްރީމް ކޯޓްގެ ވެބްސައިޓްގައި ޝާއިއުކޮށްފަ އެވެ.