ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގެ ސަރަހައްދަށް އެއްވެފައިތިބި މީހުންގެ ގަޔަށް ކަރުނަ ގޭސް ޖަހައިފި އެވެ.
ސުޕްރީމް ކޯޓުން ކުރި އަމުރާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އުފާ ފާޅު ކުރުމަށް އެމްޑީޕީ ހަރުގަ ސަރަހައްދަށް އެއްވެފައިވަނިކޮށް ފުލުހުން ދަނީ މި އެއްވުން ރޫޅާލުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެސްއޯ ފުލުހުން ވަނީ އެސަރަހައްދުގައި އެއްވެފައިތިބި މީހުންނަށް އެތަން ދޫކޮށް ދިއުމަށް ގޮވާލާފަ އެވެ. ފުލުހުން ވަނީ އެއަށްފަހު އެއްވެފައިތިބި މީހުންނާ ދިމާލަށް ކަރުނާ ގޭސް ޖަހާފަ އެވެ.
ކަރުނަ ގޭސް ޖަހާފައިވާ އިރު ގިނަ ބަޔަކަށް ވަނީ އޭގެ އަސަރުކޮށްފަ އެވެ. އެގޮތުން ބައެއް ފުލުހުންނަށްވެސް ކަރުނަ ގޭހުގެ އަސަރު ކޮށްފައިވެ އެވެ.
ކަރުނަ ގޭސް ޖެހި ނަމަވެސް، އަދިވެސް އެސަރަހައްދުން މީހުން ދުރަށް ނުދާކަން ފާހަަގަކޮށްލެވެ އެވެ.