ކަމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ވަކިކުރީ ބުރާސްފަތި ދުވަހުގެރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން އުޅުމުން ކަމަށް ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީން, އަރީފް މަގާމުން ވަކިކުރެއްވިކަން އިއުލާން ކުރެއްވީ ބުރާސްފަތި ދުވަހުގެރޭ ކުއްލި ގޮތަކަށް ސަރުކާރުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލްއެވެ.
އަނިލް ވިދާޅުވީ ސީޕީ އަރީފާ ގުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަޕުޅު ކުރެއްވި ކަމަށާއި ނަަމަވެސް އެމަނިކުފާނާ ގުޅޭ ގޮތް ވެފައިނުވާ ކަމަށެވެ.
އެހެން ނަމަވެސް އަރީފް ރާއްޖެ އެމްވީއަށް ވިދާޅުވީ އޭނާ ވަކިކުރީ އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ނޫން ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރައްވަން އުޅުއްވުމުން ރައީސް ޔާމީން އެކަމާ ހިތްހަމަޖެހިވަޑައިގަތުމުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރާއި އެކު ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުންވަނީ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ބުނެ ޓްވީޓު ކޮށްފައެވެ.