ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރު ތަންފީޒު ކުރައްވާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް، ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ގެ މަގާމުން އަހުމަދު އަރީފު، ވަކިކޮށްފިއެވެ.
ރައީސް އަބްދުﷲ ޔާމީން، އޭނާ މަގާމުން ވަކިކުރެއްވިކަން އިއުލާން ކުރެއްވީ މިރޭ ކުއްލި ގޮތަކަށް ސަރުކާރުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލްއެވެ.
އަނިލް ވިދާޅުވީ ސީޕީ އަރީފާ ގުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަޕުޅު ކުރެއްވި ކަމަށާއި ނަަމަވެސް އެމަނިކުފާނާ ގުޅޭ ގޮތް ވެފައިނުވާ ކަމަށެވެ.
އެހެންކަމުން އަރީފު މަގާމުން ވަކިކުރައްވައި، ފުލުސް އޮފީސް ހިންގެވުމުގެ ޒިންމާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީއަށް ހަވާލުކޮށްފައިވާ ކަމަށް ވެސް އަނިލް ވިދާޅުވިއެވެ.