ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ އެއްވެސް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މިރޭ ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލޭ ޝަކުވާތައް ބެލުމުގެ އިހްތިސާސް ޖުޑީޝަލް ސާވިސް ކޮމިޝަނަލް ލިބިގެންވީ ނަމަވެސް، އެ ކޮމިޝަންގެ ބާރު ހިނގާނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް، ބެލުމުގެ އެއްވެސް އިހްތިސާސއެއް ނުވަތަ ބާރެއް ޖުޑީސަލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ.
(ތަފްސީލު އަންނަނީ...)