ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 19:27
މިހާރުގެ ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ
މިހާރުގެ ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ
ގޫގުލް
ކެންާޔާ
ކެންޔާ ސަރުކާރުން ބަންދު ކޮަށްފައިވާ ތިން ޓީވީ ސްޓޭޝަނެއް އަލުން އޮޕަރޭޓް ކުރުމުގެ ހުއްދަ އެގައުމުގެ ހައި ކޯޓުން ދީފި
ކެންޔާ ސަރުކާރުން އެގައުމުގެ މީޑިއާތަކެއް ބަންދުކުރީ ކެންޔާގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ، "ރައްޔިތުންގެ ރައީސްގެ" ނަމުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތު ވަގުތުން ދުރަށް ދެއްކުން ހުއްޓުވުމަށް

ކެންޔާގެ ސަރުކާރުން ބަންދު ކޮށްފައިވާ އެގައުމުގެ މީޑިއާ ސްޓޭޝަންތަކުގެ ތެރޭގައި ހިމެނޭ ތިން ޓީވީ ސްޓޭޝަނެއް އަލުން އޮޕަރޭޓް ކުރުމުގެ ހުއްދަ ކެންޔާގެ ހައި ކޯޓުން ދީފިއެވެ.

ކެންޔާ ސަރުކާރުން ބަންދު ކޮށްފައިވާ މީޑިއާތަކުގެތެރޭގައި ހިމެނޭ ކޭޓީއެން، އެންޓީވީ އަދި ސިޓިޒަން ޓީވީ ކެންޔާގެ ސަރުކާރުން ބަންދު ކޮށްފައިވާ ވުން، ކެންޔާގެ ހައި ކޯޓުން ސަސްޕެންޑު ކުރިއިރު ކެންޔާގެ ސަރުކާރުން އެގައުމުގެ މީޑިއާތަކެއް ބަންދުކުރީ ކެންޔާގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ، "ރައްޔިތުންގެ ރައީސްގެ" ނަމުގައި ހުވާކުރުމުގެ ރަސްމިއްޔާތު ވަގުތުން ދުރަށް ދެއްކުން ހުއްޓުވުމަށެވެ.

ކެންޔާގެ ސަރުކާރުން އެގައުމުގެ މީޑިއާތައް އޮޕަރޭޓް ކުރުން ހުއްޓުމަކަށް ގެނައި އިރު، އެގައުމުގެ ކޮމިއުނިކޭޝަންސް އޮތޯރިޓީ އިން ބަންދު ކުރި ޓީވީ ސްޓޭޝަންތައް އެކަންޏެއް ނޫނެވެ. އޭގެތެރޭގައި ރޭޑިއޯ ސްޓޭޝަންތައް ވެސް ހިމެނެއެވެ.

ކެންޔާގެ ހައި ކޯޓުން ބުނެފައި ވަނީ ކެންޔާގެ ސަރުކާރުން ބަންދުކޮށްފައިވާ ތިން ޓީވީ ސްޓޭޝަން ގެ އޮޕަރޭޝަން ހުއްޓުމުގެ ނިންމުން، އުވާލީ 14 ދުވަހުގެ މުއްދަތަށް ކަމަށެވެ.

ކެންޔާގެ ވެރިރަށް ނައިރޯބީގައި ހަރަކާތްތެރިވާ ބީބީސީގެ ރިޕޯޓަރުން ބުނެފައި ވަނީ ހައި ކޯޓުން ނިންމި ނިންމުމަށް ސަރުކާރުން އަމަލުކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ކެންޔާގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ، އަންގާރަ ދުވަހު ވަނީ އެގައުމުގެ "ރައްޔިތުންގެ ރައީސް" ނަމުގައި "ހުވާކުރުމުގެ ރަސްމިއްޔާތެއް" ބާއްވައި ހުވާ ކުރައްވާފައެވެ. ރައިލާ އޮޑިންގާއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު މިރަސްމިއްޔާތުގައި ބައިވެރިވި އިރު ސަރުކާރުން ބުނަމުން ދިޔައީ އިދިކޮޅު ކޯލިޝަނުން ބާއްވާ ހަރަކާތަކީ "ގައުމަށް ޣައްދާރުވުމުގެ" އަމަލެއް ކަމަށެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް