ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ގެއަކަށް ވަދެވަޑައިގެންފައި ނުކުންނެވި ވަގުތު އޭނާގެ އަނބިކަނބަލުންނާ ދެމެދު ދެބަސްވުންތަކެއް ހިނގާ އެ މަންޒަރު ބަލަން ތިބި މީހުން ލަދު ގަންނަވާލައިފިއެވެ.
މިއަދު މެންދުރު ފަހުން ފެށިގެން ގިނަ އިރުތަކެއް ވަންދެން ޝަހީބުގެ އަނބިކަނބަލުން، ހ.އޯޝަން ވެލީ ކައިރީގައި މަޑު ކުރައްވައިގެން ހުންނެވި މަންޒަރު ގިނަ ބައެއްގެ ލޮލުގައި ވަނީ އަޅައިގަނެފައެވެ.
އެ ގެއިން ޝަހީބު ނުކުންނެވީ އަސުރު ނަމާދަށް ބަންގި ގޮވަން ފެށި ހިސާބުންނެވެ.
އޯޝަން ވެލީ ގެއިން މިއަދު ޝަހީބު ނުކުންނެވި ވަގުތު، އޭނާގެ އަނބިކަނބަލުން ޝަހީބު ހިފެހެއްޓުމަށް މަސައްކަތް ކުރިތަން ފެނުނެވެ. އަދި ޝަހީބާ ދިމާއަށް އެއްޗެހި ގޮވަމުން ދިޔަ އެވެ. ގެއިން ނުކުންނެވި ވަގުތު ޝަހީބު ހިފެހެއްޓުމުން، އަނބިކަނބަލުންގެ އަތް ފޮޅާލެއްވުމަށް ފަހު ވަރަށް ބާރަށް ހިންގަވާފައި އޭނާ ވަޑައިގަތެވެ.
ޝައުގުވެރި ކަމާއެކު މަންޒަރު ބަލަން އެތައް ބަޔަކު ތިއްބެވެ.
މީގެ ކުރިން ވެސް އޯޝަން ވެލީ ގޭގެ އެޕާޓްމެންޓަކަށް ޝަހީބު ވެންނެވި މައްސަލައަކާ ގުޅިގެން އެސްއޯ ފުލުހަކާއި ޝަހީބާ ދެމެދު މާރާމާރީއެއް ހިނގައި އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅި އެވެ. އެ މައްސަލަ މިހާރު ވަނީ ފައިލްކޮށްފައި ކަމަށް ވަނީ އެނގިފަ އެވެ.
މިއަދު ހިނގި މިހާދިސާ ބަލަން ހުރި މީހަކު ބުނީ ބޮޑެތި ކޮމިޝަން ތަކުގެ އިއްޒަތްތެރިން އެހެން މީހުންގެ އަބުރޭ ވިދާޅުވާ އިރު އަމިއްލަ އަބުރުފުޅަށް ނުބައްލަވާ އުޅުއްވާ ގޮތަކުން ލަދުން ބޯފަޅައިގެން ހިނގައްޖެ ކަމަށެވެ.