ސޮނޭވާ ޖާނީގެ ފަޅު ތެރެއިން ފެނުނު ހަށިގަނޑު ވަޅުލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސޮނޭވާ ޖާނީގެ ފަޅުތެރެއިން ފެނުނު ހަށިގަނޑު ސޮނޭވާ ޖާނީ ކައިރީގައި އޮންނަ ފަޅު ރަށެއްގައި ވަޅުލާފައިވާ ކަމަށެެވެ.
ވަޅުލާފައިވަނީ ފުލުހުންނަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށް ފަހު ކަމަށް ފުލުހުން ބުނެ އެވެ.
ސޮނޭވާ ޖާނީގެ ފަޅުތެރެ އިން ފެނުނު ގަބުރުގެ އުނަގަނޑުގައި ވަނީ އެއްޗެއް އައްސާފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހަށިގަނޑު އޮތީ ކުނިވެ، ކާކުކަން ނޭނގޭ ވަރުވެފައެވެ. އަދި އެ ހަށިގަނޑުގެ ބައެއް ބައިތައް ވަނީ ނެއްޓިފައެވެ.އެ ހަށިގަނޑު ދެފެން ދޭތެރޭގައި އޮއްވާ ފެނިފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.