ނ. އަތޮޅުގައި ހިންގާ ސޮނޭވާ ޖަނީގެ ފަޅުތެރެ އިން މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ސޮނޭވާ ޖަނީގެ ފަޅުތެރެ އިން ފެނުނު ގަބުރުގެ އުނަގަނޑުގައި ވަނީ އެއްޗެއް އައްސާފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގަބުރުގެ އޮތީ ކުނިވެ، ކާކުކަން ނޭނގޭ ވަރުވެފައެވެ. އަދި އެ ގަބުރުގެ ހަށިގަނޑުގެ ބައެއް ބައިތައް ވަނީ ނެއްޓިފައެވެ. ވާގަނޑަކުން އެއްޗެއް އައްސާފައިވާއިރު، އެ ގަބަރު ދެފެން ދޭތެރޭގައި އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކަހަލަ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށާއި ފުލުހުންގެ ޓީމެއް އެ ރަށަށް ދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.