އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން ހުޅުވާލާފައި ވަނީ ބުދަ ދުވަހުއެވެ.
ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައި މި ވަނީ، އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ސުލައިމާނު އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ ބުދަ ދުވަހުގެ މެންދުރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސުލައިމާނު އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެންނެވެ.
އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ މިމަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.