ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 03:21
  ތާރިގް ބިން ޒިޔާދް ބޭސް އަކީ ތުރުކީއިން މެދުއިރުމަތީގައި ގާއިމްކުރި މިފަދަ ފުރަތަ ބޭސް
ތާރިގް ބިން ޒިޔާދް ބޭސް އަކީ ތުރުކީއިން މެދުއިރުމަތީގައި ގާއިމްކުރި މިފަދަ ފުރަތަ ބޭސް
އޭޕީ
ތުރުކީ ސިފައިން ގަތަރަށް
ތުރުކީގެ ކަނޑާއި ވައިގެ ސިފައިންވެސް ގަތަރަށް ފޮނުވަނީ
ތުރުކީ ސިފައިންގެ ފުރަތަމަ ބެޗް ގަތަރަށް ދިޔައީ 2015 ވަނަ އަހަރު
ގަލްފުގެ މައްސަލަ އުފެދުނު ފަހުން ޤަތަރުގެ އެންމެ ބޮޑު މަދަދުގާރަކީ ތުރުކީ

ތަރުގައި މިހާރު ތިބޭ ތުރުކީގެ އެއްގަމު ސިފައިންގެ އިތުރުން ކަނޑާއި ވައިގެ ސިފައިންގެ އިތުރު ފައުޖެއް ގަތަރަށް ފޮނުވުމަށް ރާވަމުންދާކަމަށް ތުރުކީގެ ޑިޕްލޮމޭޓަކު ވިދާޅުވެއްޖެއެވެ.

ތުރުކީއިން ގަތަރަށް ކަނޑައަޅުއްވާފައިވާ މަންދޫބު،ފިކްރަތު އޯޒަރް މިހެން ވިދާޅުވި ނަމަވެސް އެކަން ކުރިޔަށް ގެންދަވާނެ ގޮތުގެ ޓައިމްލައިނެއް ހާމަކުރެއްވުމަށްވަނީ ދެކޮޅު ހައްދަވާފައެވެ.

" ތުރުކީއާއި ޤަތަރާއިމެދު 2014 ވަނަ އަހަރު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ތުރުކީގެ އެއްގަމާއި، ވަޔާއި ކަނޑުގެ ސިފައިން ގަތަރަށް ފޮނުވޭނެ" ދޯހާގައި ހުންނަވައި ނޫސްވެރިންނަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ފައުޖުތައް ގަތަރުގައި ތިބުމަށް ގާއިމުކުރަންޖެހޭ ތަންތަން ގާއިމް ކުރުމުގެ ޓައިމް ލައިން އަދި ފައުޖުތަށް ފޮނުވާނެ ވަގުތު ކަނޑައެޅިގެންދާނީ ދެ ގައުމު ވާހަކަ ދައްކައިގެންކަމަށެވެ.

ގަތަރުގެ ތާރިގް ބިން ޒިޔާދް އަސްކަރީ ބޭސްއަށް ތުރުކީ ސިފައިންގެ ފުރަތަމަ ބެޗް ގޮސްފައިވަނީ 2015 ވަނަ އަހަރުއެވެ.

ގަތަރުގެ ވެރިރަށް ދޯހާގެ ދެކުނުގައި ގާއިމްކޮށްފައިވާ މި ބޭސް އަކީ ތުރުކީއިން މެދުއިރުމަތީގައި ގާއިމްކުރި މިފަދަ ފުރަތަ ބޭސްއެވެ.. މި ބޭސްގައި ގިނަވެގެން 5،000 ސިފައިން ބޭތިއްބޭނެއެވެ.

އޯޒަރް ވަނީ ގަތަރުގައި މިހާރު ތިބި ތުރުކީގެ ސިފައިންގެ އަދަދު ހާމަކުރުމަށްވެސް ދެކޮޅު ހައްދަވާފައެވެ.

"އެ މައުލޫމާތު ހާމަކުރެވޭނީ އަޅުގަނޑުމެންގެ އަޚު ގަތަރުން އެ މައުލޫމާތު ދިނުމަށް އެއްބަސް ވަންޏާ" އަޅުގަނޑުމެންނަކީ މެހެމާނުން އެ ބޭފުޅުން އަޅުގަނޑުމެން ބައިތިއްބަނީ" އޭނަ ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާ އިސްވެ އޮވެ، ބަހްރެއިނާއި، އެކުވެރި އަރަބި އިމާރާތް(ޔޫއޭއީ)އާއި މިސްރުން މިދިޔަ އަހަރުގެ ޖޫން މަހު ގަތަރާއިއެކު އޮތް ޑިޕްލޮމެޓިކް އަދި ވިޔަފަރީގެ ގުޅުން ކަނޑާލުމުން ގަތަރަށް މަދަދުދޭ މައިގަނޑު ފަރާތަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާން އެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
2 ފެބްރުއަރީ 2018 | ހުކުރު 11:06
އަހުމަދު
އުރުދުޣާން އަށް ސާބަސް