ކ. މާލެ
|
31 ޖެނުއަރީ 2018 | ބުދަ 19:34
އުރީދޫ
އުރީދޫ
މުހައްމަދު ޝަރުހާން
އުރީދޫ
އުރީދޫއަށް މިދިޔަ އަހަރުގެ ފަހު ތިން މަހު 140 މިލިޔަން ރުފިޔާގެ ފައިދާއެއް
އާމްދަނީގެ ގޮތުގައި 472.4 މިލިއަން ރުފިޔާ ލިބުނު

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 140.8 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އެ ކުންފުނިން ޖެނުއަރީ 30 ވަނަ ދުވަހު ނެރުނު މާލީ ރިޕޯޓް ދައްކާ ގޮތުން 472.4 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ވަނީ ލިބިފައެވެ. އެއީ އޭގެ ކުރީގެ ތިން މަސް ދުވަހާ އަޅާ ބަލާއިރު ފަސް ޕަސެންޓްގެ އިތުރުވުމެކެވެ. އަދި 2016 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އުރީދޫއަށް ލިބުނު ފައިދާއަކީ 110.9 މިލިޔަން ރުފިޔާއެވެ.

އެ ކުންފުނީގައި ވަތަނިއްޔާ އިންޓަނޭޝަނަލްގެ 90.5 ޕަސެންޓް ހިއްސާ އޮންނައިރު، މިދިޔަ އަހަރު ދިވެހިންނަށް 9.5 ޕަސެންޓް ހިއްސާ ވިއްކާފައި ވެއެވެ.

އުރީދުއަށް މިދިޔަ ކުއާޓަރުގައި ޚަރަދުތައް ކަނޑައި، ހިންގުމުގެ ފައިދާގެ ގޮތުގައި 176.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައި ވަނީ 173.4 މިލިއަން ރުފިޔާއެވެ. އުރީދޫން ޓެކްސްގެ ގޮތުގައި 32.5 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

 

- ކޮމެންޓް