ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ގުޅުން ހުރި ތިން ގެޔަކަށް އެއް ފަހަރާ ފުލުހުން ވަދެ އެ ގެތައް ބަލާ ފާސްކުރަން ފަށައިފިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ފުލުހުން ވަދެފައިވަނީ މ. އެންދެރިގަސް ނަމަކަށް ކިޔާ ގެޔަކާއި ރައީސް މައުމޫނުގެ ސެކުއުރިޓީއަކަށް މަސައްކަތްކުރާ އަޒީމް ދިރިއުޅޭ މ. ޕެންޒީ ހައުސް އާއި ރައީސް މައުމޫނުގެ އަރިހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހިމް ގެގެއެވެ. އެނގިފައިވާ ގޮތުގައި ނަޖުމާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވާ އިރު އޭނާގެ ގާތުން ދޭ ނުވަ މަހުގެ ކުއްޖަކު އޮވެއެވެ.
Najuma has a 9th month old baby! Free Najuma now! @amnesty @UNHumanRights @EU_Maldives @USAmbKeshap @JamesDauris @AusHCSriLanka @CanHCSriLanka @hrcmv pic.twitter.com/1QHECnWRY1
— Yumna Maumoon (@yumna_maumoon) January 31, 2018
މީގެ ކުރިން ވެސް ފުލުހުން ގެންދިޔައީ ރައީސް މައުމޫނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ފޯރިމަރަމުންނެވެ. އެންދެރިމާގެ ކައިރީގައި ފުލުހުން ފޯރިމަރަން ފަށާފައި ވަނީ ރައީސްގެ ދަރިކަނލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނު ބަންދުކޮށްފައި ހުންނަވާތާ ހަ މަސް ފަހުން ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު މިނިވަންކޮށްފައި ވަނިކޮށް ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގައި ހޮނިހިރު ދުވަހު އަލުން ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ ދުވަހު ފުލުހުން ވަނީ ފާރިސްއާ ގުޅުން ހުރި ތަންތަން ފާސްކުރަން ނެރުނު އަމުރަކާ އެކު އެންދެރިމާގެ އަށް ވެސް ވަދެފައެވެ. ނަމަވެސް އެއީ ފާރިސްގެ އެއްވެސް އޮފީހެއް އަދި ތަނެއް ވެސް ހުންނަތަނަކަށް ނުވާތީ އެ ގެ ފާސްކުރުމަށް ރައީސް މައުމޫނު ފުލުހުންނަށް ހުއްދަ ދެއްވާފައެއް ނުވެއެވެ.