ޖިނާއީ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ރާއްޖެ ވަޑައިގެންފިއެވެ.
ދިވެހިރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަށް ބޮޑުވުމުން ހަތަރު މަސް ދުވަހަށް ވަންދެން ސްރީލަންކާގައި ދިރިއުޅުމަށް ފަހު މަހުލޫފް ރާއްޖެވަޑައިގެންނެވީ ބުދަ ދުވަހު މެންދުރު ވަގުތެއްގައެވެ. މަހުލޫފް ވަނީ ވެލާނާ އިންޓަނޭޝަނަން އެއާޕޯޓުން މާލެ ވަޑައިގެންނެވި މަގުމަތީގައި އެނާ ރާއްޖެވަޑައިގެންނެވިކަން ހާމަކުރުމުގެ ގޮތުން ޓްވީޓް ކުރައްވާފައެވެ.
މަހުލޫފް ކުރައްވާފައިވާ ޓްވީޓްގައި ދިވެހި ގައުމީ ލަވައެއް ވަނީ ލިޔުންފައެވެ.
"ދިވެހިބިންމީ އުފަން މަގޭބިން، ލެވުނުފުރަތަމަ ނޭވާމަގޭބިން، އެބިމަކަށް އެންމެފަހުގެ ވިންދާ، ދޫކޮށްލަދޭނޭ ނޭވާމަގޭބިން" މަހުލޫފްގެ ޓްވިޓްގައި ވިދާޅުވިއެވެ.
Hello Maldives .So happy to be back with family, friends and especially you all, the freedom fighters
— Ahmed Mahloof (@AhmedMahloof) January 31, 2018
ދިިވެހިބިންމީ އުފަން މަގޭބިން، ލެވުނުފުރަތަމަ ނޭވާމަގޭބިން
އެބިމަކަށް އެންމެފަހުގެ ވިންދާ، ދޫކޮށްލަދޭނޭ ނޭވާމަގޭބިިން pic.twitter.com/AIqfPnIShS
މަހުލޫފު ރާއްޖެ ވަޑައިގެންނެވި އިރު މަހުލޫފުގެ މާމަގެ ހާލު ބޮޑުވެ އޭޑީކޭގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މަހުލޫފް ރާއްޖެވަޑައިގެންނެވިއިރު ޖީނާއީ ތުހުމަތުތަކެއްކޮށް، ފުލުހުން ދަނީ މައްސަލަ ތަޙްގީގް ކުރަމުނެވެ. އެގޮތުން 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މެމްބަރުންތަކެއް ސިފައިންނާ މާރާމާރީ ހިންގިކަމުގެ ތުހުމަތު މަހުލޫފްގެ މައްޗަށް ވަނީ ކޮށްފައެވެ. އެ މައްސަލައާއި ގުޅިގެން އެނާގެ ޕާސްޕޯޓް މީގެ ކުރިން ވަނީ ހިފަހައްޓާފައެވެ.