ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްސަލައިގައި ފޮރެންސިކް ތަހްލީލު ހެދުމަށް ފުރުސަތު ނުދޭން ބުދަ ދުވަހުގެ ޝަރީއަތުން ނިންމައިފިއެވެ.
ފާރިސް މައްސަލައިގައި ފޮރެންސިކް ތަހްލީލު ހެދުމަށް ދައުލަތުން ވެސް ވަނީ ދެކޮޅު ހަދާފައެވެ. ދެކޮޅު ހެދުމުން ބުދަ ދުވަހު ކުރިއަށްދިޔަ އޭނާގެ ޝަރީއަތް ވަނީ ހުއްޓާލާފައެވެ.
ބުދަ ދުވަހު 11:40 ގައި ފެށި ފާރިސްގެ ޝަރީއަތް މެދުކަނޑާލީ 12:25 ހާއިރު އެވެ.
ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ މިނިވަން ފޮރެންސިކް ތަހްލީލެއް ހަދާނެ ފަރާތެއް ހޯދުމަށް ފުރުސަތު ދީފައިވެ އެވެ. އެ އެކަމަށް ދައުލަތުގެ މައްސަލައެއް ނެތް ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފޮރެންސިކް ތަހްލީލު ހެދުމަށް ދައުލަތުން ދެކޮޅު ހެދީ، މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި، އެ ފުރުސަތު ދީފި ނަމަ މައްސަލަ ދިގުލައިގެން ހިނގައިދާނެތީ އާއި ފުލުހުންގެ ތަހްގީގާމެދު ސުވާލު އުފެދިދާނެތީ އާއި ދައުވާ ލިބޭ ފަރާތުން މިނިވަން ފަރާތެއް ލައްވައި ފޮރެންސިކް ތަހްލީލުކުރުމަށް ހެދުމުގެ އުސޫލެއް ނެތުމުން އަދި ހަމަހަމަ ފުރުސަތު ގެއްލިގެން ދާނެތީ އެވެ.