މި އަހަރު ދިވެހިން އުމުރާގެ މަތިވެރި އަޅުކަމަށް ގެންދިއުމުގެ ހުއްދަ އިތުރު ދެ ކުންފުންޏަކަށް ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނިންމައިފިއެވެ.
އެ މިނިސްޓްރީން މި އަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު ކުރި އިޢުލާނުގައިވާ ކުންފުނިތަކުގެ އިތުރުން، އުމްރާއަށް ދިވެހިން ގެންދިއުމުގެ ހުއްދަ ދީފައިވަނީ ޒަމްޒަމް އެޗް. އެންޑް ޔޫ ޓްރެވަލް ޕްރައިވެޓް ލިމިޓެޑާއި، އަލް ޞަފާ ޕްރައިވެޓް ލިމިޓެޑަށެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ މި ދެ ކުންފުންޏަށް ދިނުމާއިއެކު، 1439 ވަނަ އަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ޖުމްލަ 18 ފަރާތަކަށް ވަނީ ދީފައެވެ.
މި ދެ ގްރޫޕްގެ އިތުރުން މިއަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނި ތަކަކީ:
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
- ތައިސީރު ޓްރެވަލްސް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް
- އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް
- އަލްޢައިން ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް
- މުސާފިރީން ޕްރައިވެޓް ލިމިޓެޑް
- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް
- ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
- ދަރުމަ ލިލްޙައްޖި ވަލްޢުމުރަތި ޕްރައިވެޓް ލިމިޓެޑް
- ނަވާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑް
- ނިމްސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ޙިޖާޒް ޕްރައިވެޓް ލިމިޓެޑް
- އެކްރޯ ޕްރައިވެޓް ލިމިޓެޑް
ކޮންމެ އަހަރަކުވެސް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ މަތިވެރި އަޅުކަމަށް ދާއިރު، އުމްރާއަށް މީހުން ގެންދިއުމުގެ މަސައްކަތުގައި މިހާރު ގިނަ އަދަދެއްގެ ގްރޫޕްތައް ހަރަކާތްތެރިވެއެވެ.