ދިވެހިރާއްޖޭގެ ހައިކޯޓާއި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގާރަ ދުވަހު އިއުލާނުކޮށްފިއެވެ
އެ ކޮމިޝަނުން އަންގާރަ ދުވަހު ކުރި އިއުލާނުގައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ތިން ފަނޑިޔާރުން، ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން އަދި ސިވިލް ކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިއުލާނުކޮށްފައެވެ.
އެ މަގާމުތަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން، ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 22 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ދާދި ފަހުން ވަނީ ހައިކޯޓުގެ ފަނޑިޔާރަކު ހުވާ ކުރައްވާފައެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ހުވާކުރައްވާފައެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މަޤާމް އަދިވެސް ހުސްކޮށް އެބަ އޮތެވެ.