ސުޕްރީމް ކޯޓަށް ބިރު ދައްކައިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ އަޙުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިއްޖެ ކަމަށް ކަނޑައަޅާފައިވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ހޯމަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ބިރު ދެއްކުމުގެ ދުވަސްތައް މާޒީވެ ގޮސްފިކަމަށާއި، ދައްކާ ބިރަކަށް ފަނޑިޔާރުން ނުހިސޭނެކަމަށެވެ.
އޭނާ މިފަދައިން ވިދާޅުވެ ޓްވީޓްކުރެއްވީ، ހޯމަ ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ސުޕްރީމް ކޯޓުވެސް މަގުން ކައްސާލައިފިނަމަ ހަމަޔަކަށް އަޅުވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންކަމަށް ބެލެވެއެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ސުޕްރީމް ކޯޓަށް ރައްދުކުރައްވާ ރައީސް ޔާމީން އެހެން ވިދާޅުވީ އެމަނިކުފާނު މަޤާމުން އެކަހެރިކުރުމަށް އެކޯޓަށް ހުށަހެޅިފައިވާ މައްސަލައަށް ނުފޫޒު ފޯރުވުމަށެވެ.
SC Ah Birudhakkaigen YAG Ah Dhen Kureveyne Evves Kameh Neih..!! Maazeeve Gossi..!! Dhakkaa Birakan Fadiyaarun Nusiheyne..!!
— عبدالله أحمد (@AblhoMP) January 29, 2018
ޕީޕީއެމްގެ ޖަލްސާ ކުރިއަށްދިޔަ ވަގުތު އަބްދުﷲ ވަނީ ރައީސް ޔާމީނަށް ބަހުގެ ހޫނު ޙަމަލާތަކެއް ދެއްވާފައެވެ.
އެގޮތުން ޤާނޫން އަސާސީއާއި ޤާނޫނުތަކަށްވުރެ މަތީގައި ޔާމީނަށް ގޮށްމުށުގެ ބާރު ދައްކައިގެން ދެން ލައްކަ ދުވަހަކު ނުހުރެވޭނެކަމަށާއި، "ޖެހޭނީ ސައިޒަށް ތިރިވާން"ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
"ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަން ރައްޔިތުން ނިމުމަކަށް ގެންނާނެ. ތައްޔާރުވޭ،" އޭނާގެ ޓްވީޓްގައި ވިދާޅުވިއެވެ.
QA Aai Qaanoonu Thakahvure Matheegai YAG Ah Gohmushuge Baaru Dhakkaigen Dhen Lakka Dhuvahaku Nuhureveyne..!! Jeheynee Hma Saizah Thirivaan..!! YAG Ge Verikan Rayyithun Nimumakah Gennaane..!! Thayyaaruvey...!!!!
— عبدالله أحمد (@AblhoMP) January 29, 2018
"21 ވަނަ ޤަރުނުގައި ޔާމީން އެންމެ ގަޔާވާކަމަކީ ކޮރަޕްޝަނާއި ފަސާދަ، މީހުންގެ މުދާ ފޭރިގަތުމާއި ލޫޓޫވުން. މީހުން ހިފާ ހައްޔަރުކުރުން. މިކަންތައްތައް ނުކޮށް ލޮލުފިޔަވެސް ނުޖަހާނެ. ނުޖެހޭނެ."
21 Vana Garunuga YAG Emme Gayaavaa Kamakee Corruption Aai Fasaadha, Meehunge Mudhaathah Feyrumaai Lootuvun. Meehun Hifaa Hayyarukurun. Mikanthah Thah Nokoh Lolufiyaehves Nujahaane..!! Nujeheyne..!!
— عبدالله أحمد (@AblhoMP) January 29, 2018
ރައީސްކަމުގެ މަޤާމުން ރައީސް ޔާމީން އެކަހެރިކޮށް، އެމަނިކުފާނު ހިންގެވިކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ކޮމިޓީއެއް އެކުލަވާލައި، އަދި އެމަައްސަލަ ބަލަމުންދާ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކުން ރައީސް ޔާމީން އެކަހެރިކޮށް، އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތުތައް ނައިބު ރައީސް އަބްދުﷲ ޖިހާދާއި ހަވާލުކުރުމުގެ އަމުރެއް ނެރެދެއްވުމަށް އެދި އިދިކޮޅު ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އަދި ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހެޅުއްވީ އެމައްސަލަތައް ބަލަން އެހެން މިނިވަން މުއައްސަސާތައް ނުކުޅެދިފައިވުމާއި، އެތަންތަނަށް ނުފޫޒު ފޯރާފައިވާތީ، އެމައްސަލަ ބެލެން އޮތް ހަަމައެކަނި ތަނަކީ ސުޕްރީމް ކޯޓަށްކަމަށްވާތީކަމަށް ގުޅިފައިވާ އިއްތިޙާދުން މިމައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު ނެރުނު ބަޔާނުގައި ވެއެވެ.