ޅ. ފެލިވަރު ކައިރީގައި އޮތް މިފްކޯގެ މަސް ބޯޓުގެ ދިޔަވުން ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ހޯމަ ދުވަހު ހެނދުނު އެމްއެންޑީއެފްގެ ކޯސްޓްގާޑު ޑައިވަރުންގެ ޓީމުން ބޯޓުގެ ބަނޑު ފިލާ އިން ދިޔަވާ ތަންތަން ބައްދައި ދިޔަވުން ކޮންޓްރޯލް ކުރެވިފައި ވާކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓުގެ ދިޔަވުން މުޅިން ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު 10:30 އެހާކަން ހާއިރު ކަަމަށެވެ.
އެބޯޓަށް ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އާދިއްތަ ދުވަހުގެ 15:30 ހާއިރު ލިބުމާ އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗެއް ވަނީ ޑައިވަރުންގެ ޓީމާ އެކު ފެން ހިއްކުމަށް ޕަންޕަކާ އެކު ބޯޓު އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
"މިފްކޯ 101" ނަމަކަށް ކިޔާ މި ބޯޓަށް ދިޔަވާން ފެށިއިރު ބޯޓުގައި 10 ދިވެހިންނާއި 14 ބިދޭސީ އަކު ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.