ރައީސުލްޖުމްހޫރިއްޔާގެ ޔާމީން އަބްދުލް ގައްޔޫމް މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅުމުގެ ބަދަލުގައި މަގުމަތިން އެހެންކަމަކާ އުޅުން ރަނގަޅުވާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އަބްދުﷲ ޔާމީން ދުރުކޮށް، ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ވެރިކަން ހަވާލު ކޮށްދިނުމަށް އެދި އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައިވަނީ އާދިއްތަ ދުވަހު އެވެ. އެކަމަށް ރައްދު ދެއްވައި ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަށު ތެރެއިން އެހެން ކަމަކާއި އުޅުން ރަނގަޅުވާނެ ކަމަށެވެ.
Rashu Therein Ehen kamakaa Ulhuvvun Rangalhu vaane........... Raees Yameen magaamun dhurukodhinumah edhi Supreme court ah https://t.co/kfEAbxADSD
— Ahmed Nihan (@ahmed_nihan) January 28, 2018
އޭގެއިތުރުން ނިހާން ވަނީ ރާއްޖޭގެ ޝަރުއީ ކޯޓެއްގެ ހުކުމްތަކަށް ފިލައިގެން ރާއްޖެއިން ބޭރުގައި ތިބި ބަޔަކަށް ސުޕްރީމް ކޯޓަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން ވަކިކުރަން މައްސަލަ ހުށައަޅާނީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ. ނިހާން ވަނީ ޒާތީ ކަންކަން ނުކޮށް 2018 އިންތިހާބަށް ކެނޑިޑޭޓަކު ދެއްކުމަށް ގޮވާލައްވާފަ އެވެ.
Rajjeyge Sharuee court eh ge Hukum thakah Filaigen Rajjeyn Beyruga thibi Bayaku SC ah RY Raeesul Jumhooriyyaa kamuge Magaamun Vaki Kuran Massala husha halhaanee kihineh? #KanduKohun
— Ahmed Nihan (@ahmed_nihan) January 28, 2018
ރައީސުލްޖުމްހޫރިއްޔާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވަނީ މައްސަލަ ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާއި ދެވަނަ ނަމްބަރާއި ހަވާލާދީ އެވެ. އެ މާއްދާގައިވާ ގޮތުގައި، އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީ އާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވެއްޖެ ހާލަތަކާއި އަދި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއްކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެއެވެ.