އެޑިއުކޭޝަން މެލޭޝިއާގެ ނަމުގައި މަތީ ތައުލީމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން އެޑިއުކޭޝަން އެކްސްޕޯ އެއް ފަށައިފި އެވެ.
މި އެކްސްޕޯ އާއި ގުޅޭގޮތުން މެލޭޝިއާގެ ތައުލީމް ޕްރޮމޯޓް ކުރާ ކުންފުނި ކަމުގައިވާ އީއެމްޖީއެސްގެ ޗީޕް އޮޕަރޭޓިންގ އޮފިސަރ ނޯވީ ބިން ތާޖުއްދީން ވިދާޅުވީ، މި އެކްސްޕޯ އަކީ ދިވެހި ސަރުކާރާއި މެލޭޝިއާގެ ސަރުކާރާއި ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯ އެއް ކަމަށާއި އެކްސްޕޯ ގައި މެލޭޝިއާގެ މަޝްހޫރު މުހިއްމު ޔުނިވަރސިޓީތައް ބައިވެރިވާ ކަމަށެވެ. އެގޮތުން މެލޭޝިއާގެ 17 ޔުނިވަރސިޓީއަކުން ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ ކޯސްތަކަކާ ގުޅޭ މައުލޫމާތުތަކެއް ލިބިގެދާނެ. ކޮންމެ އަހަރުވެސް މިފަދަ އެކްސްޕޯ އެއް ރާއްޖޭގައި ބޭއްވުމަށް ވިސްނަން. މިހާރުވެސް ރާއްޖޭގެ ގިނަ ކުދިންތަކެއް އަންނަނީ މެލޭޝިއާގެ ޔުނިވަރސިޓީތަކުގައި ތައުލީމު ހާސިލު ކުރަމުން." ނޯވީ ވިދާޅުވި އެވެ.
ނޯވީ ވިދާޅުވީ، މިހާރުވެސް 1300 ދިވެހި ކުދިން މެލޭޝިއާގައި ތައުލީމު ހާސިލު ކުރަމުންދާ ކަމަށެވެ.
މިއެކްސްޕޯ އަކީ ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އެކްސްޕޯ އެކެވެ.
ދަރުބާރުގޭގައި ބޭއްވި މި އެޑިއުކޭޝަން އެކްސްޕޯ ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަޒީރު އެވެ.