ޅ. ފެލިވަރު ކައިރީގައި އަޅާފައި އޮތް މިފްކޯގެ މަސް ބޯޓެއް ދިޔަވެ އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ފެލިވަރު ކައިރީ އަޅާފައި އޮތް މިފްކޯގެ މަސް ބޯޓު (މިފްކޯ 101) ދިޔަވާކަމުގެ ރިޕޯޓް ކޮށްފައި ވަނީ އާދީއްތަ ދުވަހު ހަވީރު 3:30 ކަންހާއިރު ކަމަށެވެ. ބޯޓު ދިޔަވާތީ އެމްއެންޑިއެފް ނޮދަން އޭރިޔާގެ ސިފައިންނާއި ކޯސްޓުގާޑުންގެ ޑައިވަރުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ބޯޓް ދިޔަވާން ފެށިއިރު ބޯޓުގައި 24 މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 14 ބިދޭސީނެވެ.