ރައީސް މައުމޫނު ވިޔަސް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެކަން އެނގިވަޑައިގަންނަވަން ވެއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެެވެ.
މިނިސްޓަރު ޝައިނީ އާދިއްތަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫނަކީ، ކުރީގެ ރައީސްކަން ކޮށްފައި ހުންނެވި ބޭފުޅެއް ކަމުގައި ވިޔަސް ގާނޫނު ނިވާފަތްހަނޑަކަށް ހައްދަވައިގެން އޭގެ ފަހަތަށް ވަދެ ފިއްލަވައިގެން ނުހުންނެވޭނޭ ކަމަށެވެ.
Even Ex-Presidents cannot hide behind the law or defy court orders n laws. Does law 2/2009 allow your Excellency to call for a coup as well? No one is above the law. Time to realize “Ex”.
— Mohamed Shainee (@mshainee) January 28, 2018
މިނިސްޓަރު ޝައިނީ މި ޓްވީޓް ކުރައްވާފައި މި ވަނީ، ރައީސްކަން ކޮށްފައިވާ މީހަކަށްދޭންވާ ރައްކާތެރިކަން އެމަނިކުފާނުގެ އާއިލާއަށް ނުދެއްވާ ކަމުގެ ތުހުމަތުކުރައްވާ ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެއްވަމުންެނެވެ. ރައީސް މައުމޫނު ވިދާޅުވާގޮތުގައި، އެމްއެންޑީއެފުން އެމަނިކުފާނުގެ ދެ ކަނބަލުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭންވާނެއެވެ. އަދި އެހެން އެކަން އޮންނަ އިރު ފުލުހުން އެމަނިކުފާނުގެ ގެކޮޅަށް ވަދެ އާއިލާގެ ސަލާމަތަށް ނުރައްކާ ވިޔަދެނީ ކީއްވެތޯ ރައީސް މައުމޫނު ވަނީ ސުވާލު އުފައްދަވާފައެވެ.
Qānūn no 9/2009 bunā gothun Raīsul Jumhūriyyā kan koffaivā mīhakā emīhāge an’bi mīhā/ firimīhā ah himāyathā rakkātherikan @MNDF_Official in hamajassai dhēn vāne. Vīmā kīvvebā @PoliceMv bēnunvihā vaguthaku alhugan’duge geah vadhe alhugan’dā ā’ilāge salāmathah nurakkā viya dhenī?
— Maumoon Abdul Gayoom (@maumoonagayoom) January 27, 2018
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދެވޭ ޤާނޫނުން ބަޣާވާތް ކުރަން ގޮވާލުން ހުއްދަ ކޮށްފައި ވޭތޯ ޝައިނީ ވަނީ ރައީސް މައުމޫނާއި ސުވާލު ކުރައްވާފައެވެ. އަދި ރައީސްކަން ކޮށްފައި ހުއްޓަސް ގާނޫނަށް ވުރެ މަތީގައި ނުހުންނވޭނޭކަން ވިސްނިވަޑައިގަންނަވަންވީ ވަގުތަކީ މިއީކަމަށް ވެސް ޝަައިނީގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.