ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނުފޫޒުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމުގައި އުޅުނު ފުލުހުން ކޮށްފައިވަނީ ގާނޫނާ ހިފާލު އަމަލެއް ކަމަށް އެމްޑީޕީގެ ނައިބު ރައިސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
ޝިފާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ފާރިސް މައުމޫން ހައްޔަރު ކުރުމަށް ރައީސް ޔާމީން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްއަށް ނުފޫޒު ފޯރުއްވެވި ކަމަށް ހާމަވާއިރު، އެހެން ފުލުހުން ވެސް ރައީސް ޔާމީންގެ ނުފޫޒުން އެ މިކަމުގައި އުޅުމަކީ އެނގިތިބެ ހިންގާ ގާނޫނާ ހިލާފު ކަމަކަށް ނޫނީ ނުވާނެ ކަމަށެވެ.
Fuluhunge muassasaain @afarismaumoon hayyaru kurumah #YAG Commissioner ah nufoozu foaruvikamah Haamavaairu ehen fuluhunves #YAG ge nufoozun mikamugai ulhumakee e’ngithibe hingaa gaanoonaa hilaafu kamakah noonee nuvaane.
— Mohd Shifaz#FreePN (@mdpshippe) January 27, 2018
ޝިފާޒު އެގޮތަށް އެ ވިދާޅުވީ ހޮނިހިރު ދުވަހު ފާރިސް މައުމޫން ހައްޔަރު ކުރުމުގެ ކުރިން ނޫސްވެރިންނަށް ފާރިސް ދެއްވި އިންޓަވިއުއެއްގައި، ފާރިސް ހައްޔަރު ކުރުމަށް ސަރުކާރުގެ އިސްވެރިންނާއި ހުދު ރައީސް ޔާމީން ވެސް ކޮމިޝަނަރ އޮފް ޕޮލިސް އަރީފްއަށް އެނގެވި ކަމަށް އަރީފް، ފާރިސް އަރިހުގައި ވިދާޅުވެފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
މީގެއިތުރުން ވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވަނީ ހޮނިހިރު ދުވަހު ފާރިސް ހައްޔަރު ކުރުމުގެ މާކުރިން، ފާރިސް ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ރައީސް ޔާމީން ފުލުހުންނަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
Raeesuljumhooriyyaa aky qaanoon thanfeezu kurumuge emme mathy faraaiy kamuga veehindhu, @afarismaumoon hayyaru kurumah sharuee court akun nereifavaa amureh thanfeezu kurumah @PoliceMv ah Raeesuljumhooriyyaa vany angavaafa.
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) January 27, 2018
ފާރިސް ހައްޔަރު ކުރުމުގެ ކުރިން ގިނަ އިރުތަކެއް ވަންދެން ފާރިސް ދިރިއުޅުއްވާ ގެ ފުލުހުން ވަނީ ބަލާފާސް ކޮށްފައެވެ.
ފާރިސް ހައްޔަރު ކޮށްފައި މިވަނީ ކުރިން ވެސް ފާރިސްގެ މައްޗަށް ކުރަމުން ދިޔަ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތުގައި އޭނާ ޖަލު ބަންދުގައި 191 ދުވަހު ގެންގުޅުމަށް ފަހު، މިދިޔަ ބުރާސްފަތި ޖަލު ބަންދުން ދޫކޮށްލިތާ 48 ގަޑިއިރުގެ ތެރޭގަ އެވެ.