ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ދިރިއުޅުއްވާ ގެ ކަމަށްވާ މ. ސްނޯ ރޯސް ފުލުހުން ބަލައި ފާސްކުރަން ފަށައިފިއެވެ.
ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓު އަމުރަކާއެކު އެ ގެޔަށްވަދެ ބަލާ ފާސްކުރުމުގެ މަސައްކަތް ފަށާފައެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މި. ސްނޯ ރޯޒްގައި ހުރި ރާއްޖެއެމްވީގެ ނޫސްވެރިޔާ އަހްމަދު އަޒްމޫން ބުނީ ފާރިސްގެ ބަލައި ފާސްކުރަމުން ދަނީ ބުރާސްފަތި ދުވަހުގެ ރޭ އައްޔަން ކުރެއްވި ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކު ނެރެދެއްވާފައިވާ އަމުރެއްގެ ދަށުން ކަމަށެވެ،
ބަލައި ފާސްކުރަމުން ދަނީ ސްނޯ ރޯޒްގައި ގޭގެ ހަ ވަނަ ފަންގިފިލާގައި ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓެވެ. އެ އެޕާޓްމެންޓް ބަލައި ފާސްކުރަމުން ދަނީ ކޮން ތުހްމަތެއްގައި ކަމެއް އަދި ނޭނގެ އެވެ.
މިއަދު ފާރިސް ވަނީ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާ ބައްދަލު ކުރައްވާފަ އެވެ.
ފާރިސްގެ އެޕާޓްމެންޓް ބަލައި ފާސްކުރުމަށް ހޯދި ކޯޓް އަމުރުގައި ބުނެފައި ވަނީ އޭނާގެ ބަލައި ފާސްކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ސަރުކާރު ވައްޓާލުމަށް ރާވާކަމުގެ ތުހުމަތުގަ އެވެ.