ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު މަގާމުން އިސްތިއުފާދެއްވާފައިވާ ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން އަހުމަދު ޝިފާނު ވިދާޅުވީ، ކޮމިޝަނަރގެ މަގާމުން އަރީފް އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކައަކީ ދޮގު ޚަބަރެއް ކަމަށާއި އެމަނިކުފާނު މިވަގުތު ވެސް ހުންނެވީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ކަމަށެވެ.
މިފަދަ އަޑުތަކެއް ފެތުރިފައިވާއިރު މީގެ ކުރިން ވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ހައްޔަރު ކުރުމަށް އަމުރެއް ނެރެން އުޅޭ ކަމަށް ވެސް އަޑުތައް ފެތުރިފަ އެވެ.
ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ދަނީ ކޮމިޝަނަރ އޮފް ޕޮލިސް މަގާމުން ވަކި ކުރުމަށް ނިންމާފައިވަނީ، ފާރިސް ހައްޔަރު ކުރުން ތަންފީޒު ނުކުރުމުގެ ސަބަބުން ކަމަށް ބުނެ އަޑުތައް ފަތުރާފައެވެ.