ދަރުމަވަންތަ ސުކޫލްގެ ދަރިވަރެއްގެ ގަޔަށް ވަޅި ހަރައި، ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ޖެނުއަރީ 17 ވަނަ ދުވަހު 5 މީހުން ހިމެނޭ ގްރޫޕަކުން ދަރިވަރަށް ހަމަލާދިން މައްސަލައާ ގުޅިގެން ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ 14 އަހަރުން ދަށުގެ ފިރިހެން ކުއްޖަކާ، 15 އަހަރުގެ ދެ ކުދިންނާއި، 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާ ވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށާއި، 15 އަހަރުގެ ދެ ކުދިން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެއެވެ. އެހެން ނަމަވެސް ހައްޔަރުކުރި 18 އަހަރުގެ ފިރިހެން މީހާ ހުކުރު ދުވަހުގެ ރޭގައި ބަންދުގެ މުއްދަތު ޖަހަށް ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެއެވެ.
ފަސް މީހެން ހިމެނޭ ގްރޫޕަކުން ދަރިވަރަށް ހަމަލާ ދިނީ ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީ ސީއެޗްއެސްއީ ސްކޫލް ކައިރިންނެވެ. އެ ދަރިވަރުގެ އަރިކަށްޓަށް ވަޅި ހެރުމުން، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.