ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯކޮށްލި މައްސަލައިގެ މައުލޫމާތު ހާމަކުރުމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ހަދިސާއަށް ދެ އަހަރު ވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ތިނަދޫ އިންޖީންގޭގައި އަލިފާން ރޯވި މައްސަލަ ފުލުހުން ތަޙްގީގް ކުރިއިރު، އެ ހާދިސާއާގުޅޭ އެއްވެސް މައުލޫމާތެއް މިއަދާ ހަމައަށް އައިރު ހާމަކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން އެ އިންޖީންގެ ރޯކޮށްލި މައްސަލައާގުޅޭ މައުލޫމާތު ހާމަކުރުމަށް ފުލުހުންގެ މުއައްސަސާއަށް މެމްބަރު އަބްދުﷲ ގޮވާލާފައި ވަނީ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
Thinadhoo Power Station Andhaa Alhiyah Vithaa Miadhah Mivee 2 Aharu.!! @PoliceMv In Thahugeegeh Hingi Iru Mikamaai Behey Evves Mauloomaatheh Miadhaa Hamayah Rayyithunnah Haama Koffai Nuvey.!! Mikan Haama Kurumah @PoliceMv Ah Govaalan.!! https://t.co/EGmFLOrOCE
— عبدالله أحمد (@AblhoMP) January 26, 2018
މި ހާދިސާއާ ގުޅިގެން ތިނަދޫ އިންޖީންގޭގައި ހުރި ހުރިހާ އިންޖީނެއް ވަނީ ބޭނުން ކުރެވޭ ވަރަށް އަނދައިފަ އެވެ. ތިނަދުއަށް ކަރަންޓް ލިބުނީ ފަސް ދުވަސް ފަހުން ނެވެ.
މި މައްސަލަ ތަޙްގީގް ކުރަމުންދާ ކަމަށް 2015 ވަނަ އަހަރު ފުލުހުން ވަނީ ބުނެފައެވެ. މައްސަލައާ ގުޅުން ހުރި ތިން މީހެއް ތަހްގީގަށް ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ތިނަދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އިބްރާހިމް އަހުމަދު އާއި އެ އިންޖީނުގޭ ޑްރައިވަރު މުހައްމަދު ޔާމީން ހިނެއެވެ. ތިނަދޫ އިންޖީންގޭގައި އަލިފާން ރޯކޮށްލި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. ފުލުހުން މި މައްސަލަ ތަހްގީގް ކޮށް ނިމުނުކަމެއް، ނުވަތަ ނިންމީ ކިހިނެތް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.