ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 20:56
ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް
ގޫގުލް
އެމެރިކާ-ރަޝިއާ
ރަޝިއާ އިން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލައިގައި ކުރެވޭ ތަހުގީގުގައި ކުރެވޭ ސުވާލުތަކަށް ތައްޔާރު: ރައީސް ޓްރަމްޕް
ރަޝިއާ އިން ތަކުރާރުކޮށް ބުނަމުން ދަނީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ކުރެވޭ ތަހުގީގުގައި ކުރެވޭ ސުވާލުތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަވާބު ދެއްވަން ހުންނެވީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ މައްސަލަ ތަހުގީގުކުރާ އެންމެ އިސް އިންވެސްޓިގޭޓަރު ކުރިމަތީގައި، އަދި ހުވާގެ މަތީގައި ހުރެ އެމަނިކުފާނު ހުންނެވީ ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވަން "ހަމަ ތައްޔާރަށް" ކަމަށެވެ. ރައީސް ޓްރަމްޕް ވިދާޅުވީ 2016 ގައި އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިއާ އިން "ނުފޫޒު ފޯރުވާފައިނުވާ ކަމަށާއި އަދި ނުފޫޒު ފޯރުވި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ކުރެވޭ ތަހުގީގަށް ނުފޫޒު ވެސް ފޯރުވާފައި ނުވާ،" ކަމަށެވެ.

ރައީސް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައި ވަނީ ރަޝިއާ އިން އެމެރިކާގެ އިންތިޚާބަށް ނުފޫޒުފޯރުވި ކަމަށް ތުހުމަތުކޮށް ކުރެވޭ ތަހުގީގުގައި އެމަނިކުފާނާ ތަހުގީގުކުރާ ފަރާތްތަކުން ސުވާލު ކުރާނެ ކަމަށް "އުންމީދު ނުކުރާ" ކަމަށެވެ.

އެމެރިކާގެ އިންޓެލިޖެންސް އިދާރާތާކުން ބުނެފައި ވަނީ 2016 ގައި އެމެރިކާގައި ބޭއްވި އިންތިޚާބު މިހާރުގެ ރައީސް ޓްރަމްޕަށް ކާމިޔާބުކޮށްދިނުމަށް ރަޝިއާ އިން ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިކަން ރައީސް ޓްރަމްޕް އަދި ރަޝިއާ އިން ވެސް ދޮގުކުރެއެވެ.

- ކޮމެންޓް