ގިނަ އަދަދެއްގެ ލަކުޑި ފިލާތަކެއް ކަނޑުމަތިން އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
މި ފިލާތަށް ކަނޑަށް ދޫކޮށްލާފައި ވަނީ ބުރާސްފަތި ދުވަހު ދުވަހުގެ ހެނދުނު 07:00 ހާއިރު ގދ. ފަރެސްމާތޮޑާގެ އިރުދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކޮށްފައި ދިޔަ ދޯންޏަކުން ކަނޑުގަދަވުމާ ގުޅިގެންނެވެ. އެތަކެތި އޮޔާދަނީ ގދ. ފަރެސްމާތޮޑާއާ ދިމާލުން ހުޅަނގަށް ކަމަށް އެ ދޯނީގެ ކެޕްޓާ ހަވާލާދީ ކޯސްޓްގާޑުން މައުލޫމާތު ދީފައިވެއެވެ.
ވީމާ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއްދިމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.