އާއްމު އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދި ދައުލަތުގެ މުއައްސަސާތަކުގެ އޮފިޝަލުންގެ މައުލޫމާތު ހާމަ ކުރުމަކީ ކުށެއް ނޫން ކަމަށް ކުރީގެ ބަނޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާއްމު އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނާއެކު ދައުލަތުގެ އެންމެހާ މުވައްޒަފުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރަނީ، އެމީހުންނަކީ ކޮންބައެއްކަން އެނގޭގޮތަށް ހާމަކަމާއެކު ކަމަށެވެ. އެއީ ސިއްރު މައުލޫމާތެއް ނޫން ކަމަށެވެ. ދައުލަތުގެ ސިއްރެއް ނުވާ މައުލޫމާތު ހާމަކުރުމަކީ ކުށެއް ނޫންކަމަށް ދިޔާނާ ވިދާޅުވި އެވެ.
Aammu operation thakuga harakaaiytherivaa fuluhunnaaeku dhaulathuge enmehaa muvazzafun emeehunge magaamuge vaajibu adhaakuranee e meehunnakee konbayekkan engeygothah haamakamaaeku; Eyee sirru maulootheh noon; Dhaulathuge sirrah nuvaa mauloomaath haamakurumakee kusheh noon. pic.twitter.com/gS4lBhrhEB
— Dhiyana (@dhiyanasaid) January 24, 2018
ދިޔާނާ އެގޮތަށް އެވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމްގެ ރިސޯޓްތަކަށް ކަސްޓަމްސް އޮފިސަލުންނާއި ފުލުހުން އެރި މައްސަލާގައި، ރިސޯޓްތަކަށް އެރި ކަސްޓަމްސް އޮފިސަލުންނާއި ފުލުހުންގެ ނަންތައް ގާސިމްގެ ވިލާ ކުންފުނީގެ ގާނޫނީ ވަކީލުން ހާމަ ކޮށްފައިވާތީ އެކަމާ ގުޅިގެން ކަސްޓަމްސްއިންނާއި ފުލުހުން ކަނބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އަދި ސަރުކާރު ހިންގާ ޕީޕީއެމްއިން ވެސް އެކަން ކުށްވެރިކޮށްފައި ވަނިކޮށެވެ.
ވިލާ ކުންފުނިން ބުނަމުން ދަނީ އެ ކުންފުނީ ރިސޯޓްތަކުން ގާނޫނާއި ގަވާއިދާ ހިލާފް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ގާސިމްގެ ރިސޯޓްތައް ބަލާ ފާސްކުރުމަށް ކަސްޓަމްސްއަށް ދޫކޮށްފައިވާ އަމުރެއްގެ ދަށުން އެ ގާސިމްގެ ރިސޯޓެއް ކަމަށްވާ ފަން އައިލެންޑުން މުދާ ގެންދިއުމަކީ ގާނޫނާ ހިލާފަށް އެފަރާތްތަކުން ކޮށްފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން ގާސިމްގެ އެ ރިސޯޓުން މުދާ ގެންދިއުމުގައި އުޅުނު ފަރާތްތަކުގެ މައުލޫމާތުތަކާއެކު ވިލާ ކުންފުނިން ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް، އެމައްސަލަ ބެލުމަށް ހުށަހަޅާފަ އެވެ.