އިންޑިއާގެ ޖަޒީރާތަކެއްކަމަށްވާ ނިކޮބާރ އައިލެންޑްސް ކައިރި ކަނޑު އަޑިއަށް ރިކްޓަރ މިންގަނޑުން 5.9ގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
ރާއްޖެ ގަޑިން 6:15 ގައި އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ބިރެއް ނެތްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ އިރުން 2070 ކިލޯމީޓަރު ދުރަށެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ.
An earthquake of magnitude 5.9 has occurred near Nicobar Islands, India, distance of 2070 km from Maldives, at 06:15 local time. No threat to Maldives
— Maldives Meteorology (@MetMaldives) January 25, 2018
މި ބިންހެލުމުގެ އަސަރުކޮށްފައިވަނީ އެންޑަމަން އެންޑް ނިކޮބަރ އައިލެންޑްސްގެ އިތުރުން އިންޑޮނީޝިއާގެ އަޗޭގެ ބައެއް ހިސާބުތަކަށެވެ. މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދުނުކަމުގެ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.