ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 22:30
ހަމަލާ ދިން ސަރަހައްދު
ހަމަލާ ދިން ސަރަހައްދު
ރޮއިޓަރސް
ޕާކިސްތާން
ޖަލާލްއާބާދުގައި ހުންނަ ސޭވް ދަ ޗިލްރަން އޮފީހަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން ނަގައިފި
މިހަމަލާގައި ތިން މީހުން މަރުވެ 25 މީހަކު ޒަޚަމްވި

 

އަފްޣާނިސްތާނުގެ އިރުމަތީގައި ހުންނަ ބައިނަލްއަގްވާމީ މަދަނީ ޖަމިއްޔާ އެއް ކަމަށްވާ ސޭވް ދަ ޗިލްރަން އޮފީހަށް ކާރު ބޮމާއި އަދި ބަޑި ބޭނުންކޮށްގެން ދިން ހަމަލާގައި މަދުވެގެން ތިން މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ. 

ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާ އަދި އެކުދިންނަށް އެހީގެ ތަކެތިފޯރު ކޮށްދޭ ސޭވް ދަ ޗިލްރަން އޮފީހަށް ބުދަ ދުވަހު ހެނދުނު ދިން ހަމަލާގައި ދެ ސެކިޔުރިޓީ ގާނޑުންނާއި އަދި އާންމުންގެ މީހަކު މަރުވެފައިވެއެވެ. އަދި 25 މީހަކު ޒަޚަމްވެފައިވެއެވެ. 

މިހަމަލާ ގެ ޒިންމާ އިސްލާމިކް ސްޓޭޓް އިން ވަނީ ނަގާފައެވެ. 

އަފްޣާނިސްތާނުގެ ޖަލާލްއާބާދުގައި ހުންނަ ސޭވް ދަ ޗިލްރަން އޮފީހަށް ދިންހަމަލާ އާއި ގުޅިގެން އެ އޮފީހުން ވަނީ އަފްޣާނިސްތާނުގައި ހިންގާ ހުރިހާ ހަރާކާތްތަކެއް ވަގުތީ ގޮތުން ހުއްޓާލާފައެވެ. އެ އޮފީހުން ބުނެފައި ވަނީ އެ އޮފީހުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލީ އެ ޖަމިއްޔާގެ ހަރަކާތްތައް ހިންގަން ރައްކާތެރި މާހައުލެއް ލިބެންދެން ކަމަށެވެ. 

ޕާކިސްތާނުގެ ސަރަހައްދީ ރޮނގާއި އިންވެގެން އޮންނަ ޖަލާލްއާބާދަކީ ތާލިބާން ހަނގުރާމަވެރިންގެ ހަމަލާތައް އާއްމުކޮށް އަމާޒުވަމުންދާ ސަރަހައްދެކެވެ. ނަމަވެސް އެތަނަކީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންގެ ވެސް ބާރުގަދަ ސަރަހައްދަކަށްވާއިރު އެ ޖަމާއަތުގެ ހަނގުރާމަވެރިން 2015 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. 

 

 

- ކޮމެންޓް