ޑިސެމްބަރ މަހުގެ ފަހުކޮޅުގައި ލ.ގަމުގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް މަރުވެއްޖެއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ބުދަ ދުވަހު ހެނދުނު 11:30 ކަންހާއިރު މަރުވީ އުމުރުން 71 އަހަރުގެ ހާރޫން އަބްދުއްރަހުމާނެވެ. އެކްސިޑެންޓުގައި ޒަހަމްވުމުން ހާރޫނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ގަމު ރީޖަނަލް ހޮސްޕިޓަލުންނެވެ. އޭނާ މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާދޭން ފަށާފައި ވަނީ މީގެ ދެ ހަފްތާ ފަހުންނެވެ.
މި އެކްސިޑެންޓު ހިނގީ ޕާކުކޮށްފައި އޮތް ޕިކަޕެއްގައި، ހާރޫން ދުއްވާފައި ދިޔަ ސައިކަލް ޖެހިގެންނެވެ.