ޅ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއް ކަމަށްވާ ފުށިފަރުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ޅ. އަތޮޅުގެ ރިސޯޓެއްގައި މީހަކު މަރުވެފައިއޮއްވާ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:50 ހާއިރު ކަމަށެވެ. މަރުވެފައި ވަނީ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެކަން ތަހުގީގުކުރަމުންދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ. ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ގދ. މަޑަވެލި މީހެއް ކަމަށްވާ އަބްދުﷲ ހަމީދެވެ. އޭނާއަކީ އެތަނުގެ ޝެފެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހޭނުލައިގެން އެރިސޯޓުގެ މުއައްޒަފުން ގޮވިއިރު އޮތީ މަރުވެފައެވެ.
މިކަން ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.