ވެރިކަން ކުރާ ޕީޕީއެމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން، ފާތުމަތު އިބްރާހިމްގެ ބެއްލެވުމުގެ ދަށުން، ޚާއްސަ ޓްރެއިނިންގ ސެޝަންތަކެއް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން، ހޯމަ ދުވަހުގެރޭ އެ ޕާޓީން ވަނީ ދަރުބާރުގޭގައި ހާއްސަ ޓެރޭނިން ޝެޝަނެން ކުރިއަށް ގެންގޮސްފައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑެންނެވި މި ޓްރޭނިން ސެޝަން ހާއްސަކޮށްފައި ވަނީ މާލޭގައި ދިރިއުޅޭ އެޕާޓީގެ އާންމު މެމްބަރުންނަށެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން 2018 ގެ ކެމްޕޭން ޓްރޭނިން ސެޝަން ހާއްސަކޮށްފައި ވަނީ މާލޭގެ ބްލޮކް އެޖެންޓުންނަން ކަމަށެވެ.
ޕީޕީއެމްގެ އެކިއެކި ހަރަކާތަށް ދަރުބާރުގޭގައި ބާއްވާއިރު، އިދިކޮޅު ސިޔާސީ ޕާޓީތަކުން ޖަލްސާ ފަދަ ހަރަކާތްތައް ބާއްވާން ހައުސިންގް މިނިސްޓްރީން ދަރުބާރުގެ ދޫނުކުރާކަން ފާހަގަކޮށްލެވެއެވެ.