އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަންގާރަ ދުވަހު ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ބުދަ ދުވަހު (މާދަމާ) ހާޒިރުވުމަށް ޗިޓް ހަވާލުކޮށް ޝިފާޒް ފޮނުވާލައިފިއެވެ.
ފުލުހުން ތަހުގީގް ކުރަމުންދާ މައްސަލައަކާއި ގުޅިގެން ޝިފާޒް ފުލުސް އޮފީހަށް ފުރަތަމަ ހާޒިރު ކުރީ އަންގާރަ ދުވަހު ހަވީރު 5 ޖެހިއިރުއެވެ. އެއަށް ފަހު ބުދަ ދުވަހުގެ ހަވީރު 5 ޖަހާއިރު ހާޒިރުވުމަށް އަންގާ ޝިފާޒަށް ވަނީ ޗިޓް ހަވާލު ކޮށްފައެވެ.
ޗިޓްގައި މައްސަލައިގެ ޚުލާސާގެ ގޮތުގައި ބުނެފައި ވަނީ ފުލުހުން ޝިފާޒް ހާޒިރު ކުރަނީ މިމަހުގެ 19 ވަނަ ދުވަހު ބަޔަކު އިސްނަގައިގެން ހުއްދަ ނުނަގައި އެއްވުން މަނާ ސަރަހައްދަކަށް އެއްވެ އިހްތިޖާޖް ކުރިކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
ޝިފާޒްގެ އިތުރުން އެމްޑީޕީގެ އިސްސަފުގައި ހިމެނޭ ބައެއް އެހެން ބޭފުޅުން ވެސް ދަނީ ފުލުސް އޮފީހަށް ހާޒިރު ކުރަމުންނެވެ.