ވިލާ ގުރޫޕުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާއެއް ނެތް ކަމަށް ބުނެ ކޯޓުތަކުގައި ވަކާލާތު ކުރެއްވީ، މިއަދު ސަރުކާރުގައި ހުންނަވައިގެން ވިލާއިން 2.9 ބިލިއަން ރުފިޔާ ސަރުކާރަށް ދައްކަން އެބަ އޮތް ކަމަށް ވިދާޅުވި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.ޕީއެސްއެމް ނިއުސްގެ "އުއްމީދާ ކުރިއެރުން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމާ ޝަކޫރު ވިދާޅުވީ، ވިލާ ގްރޫޕަށް ކުއްޔަށްދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ފެންނަން އެބައޮތްކަމަށެވެ.
އާޒިމާ އެ ވިދާޅުވާ ފައިސާއަކީ ވިލާއިން ދައްކަން ޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ ވިލާ ގުރޫޕްގެ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތުކޮށްދިން ހަނދާން ނެތުނީތޯ، އޭނާއަށް ރައްދު ދެއްވައި ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ. އޭރު ޤާސިމް އުޖޫރަ
"އޭރު ގާސިމް އުޖޫރަ ދިނީމަ ވިލާ އޯކޭ، މިހާރު ރައީސް ޔާމީން ވަޒީފާ ދިނީމަ ސަރުކާރު އޯކޭ،" އާޒިމާއަށް އިޝާރަތް ކުރައްވައި ރިޔާޒު ވިދާޅުވި އެވެ.
Kamanaa handhumafulhu ebahurithoa Villa group ge vakeelehge haisiyyathun thiyabunaa faisaa akee Villa in dhahkan jehey faisaa noonkamah bune court thakuga vakaalaathukohdhin handhaan? Eyru Qasim ujoora dhineema Vila ok mihaaru RY vazeefa dhineema sarukaaru ok! https://t.co/OvG8VJdvEb
— Abdulla Riyaz MP (@riyazabdulla) January 22, 2018
ވިލާގެ ރިސޯޓްތަކުން ސަރުކާރަށް ފައިސާ ދައްކަން ޖެހޭ ކަމަށް ކަނޑައަޅައި، އެ ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ އެކައުންޓްތައް މީރާއިން ވަނީ ފްރީޒްކޮށްފަ އެވެ. އަދި ކަސްޓަމްސްއިން ދޭ ހިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ.
ވިލާއިން ބުނަމުން ދަނީ އެ ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށާއި ރަށްތަކުގެ އެއްބަސްވުން ބާތިލްކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.