އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބޭއިންސާފުން ބަންދުކޮށްފައި ހުންނެވިތާ 1000 ދުވަސް ވާ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފިއެވެ.
ޝައިޚް އިމްރާން ޖަލުގައި ހުންނަވާތާ 1000 ދުވަސް ހަމަވާނީ މި މަހުގެ 25 ވަނަ ދުވަހަށެވެ. މ. ކުނޫޒުގައި ބާއްވާ ޖަލްސާގައި އިދިކޮޅު ހަތަރު ލީޑަރުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ނިންމައިފަ އެވެ.
އިމްރާން 12 އަހަރަށް ޖަލަށްލާފައި ވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީ އިސްކޮށް އޮވެ 2015 ވަނަ އަހަރު މެއި 1 ގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.