އިދިކޮޅު ފަރާތްތަކަށް ބިރުދައްކާ ދަތި ކުރުމަށް ފުލުހުން ކުރަމުންދާ ގާނޫނާ ހިލާފު ހުރިހާ ކަމެއް ހުއްޓާލުމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީޕާޓީގެ ލީޑަރު ގާސިލް އިބްރާހިމްގެ ވިލާ ކުންފުނީގެ ފަސް ރިސޯޓަކަށް އަރާ ކަސްޓަމްސް އިން ކުރިއަށްގެންދާ ބަލާ ފާސްކުރުމުގެ އޮޕަރޭޝަނާއި ގުޅިގެން ޑރ ޖަމީލު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ، އަބަދުވެސް ފުލުހުން ގައުމުގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމަށް ކުރާ މަސައްކަތްތަކަކީ ބަަލައިގަންނަ މަސައްކަތްތަކެއް ކަމަށާއި އެހެން ނަމަވެސް އަމަން ބެލެހެއްޓުމުގެ ނަމުގައި ވަކި މީހަކު ފްރޭމްކޮށް ކުށެއް ނެތް މީހުންނާ ގުޅޭ މައްސަލަތައް ބެލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
Always good to see Police active in public safety and security, but it should not be a decoy to frame & criminally implicate innocent public and politicians. Police must cease all illegal charges & not partake in Govt orchestrated attempt to intimidate opposition
— Mohamed Jameel Ahmed (@MJameelAhmed) January 20, 2018
ގާނޫނާ ގަވައިދާ ހިލާފު މިފަދަ ހުރިހާ އަމަލެއް ހުއްޓާލުމަށް ޖަމީލް ވަނީ ކަމާގުޅޭ އިދާރާތަކަށް ގޮވާލައްވާފަ އެވެ.
ޖަމީލް މިފަދައިން ޓްވީޓް ކުރައްވާފައިވާ އިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ ފަރާތްތަކުންދަނީ ގާސިމްގެ ރިސޯޓްތަކަށް ކަސްޓަމްސް އާއި ފުލުހުން އަރައި ބަލަމުންދާ މައްސަލައަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެެ. އަދި އާންމު ރައްޔިތުން ވެސް ދަނީ މިކަމާ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި އެއްވުމެއް ބާއްވާފައިވާ އިރު އދ. މާމިގިލީގައި ވެސް މި މައްސަލައާ ގުޅިގެން ވަނީ ރަށުގެ ރައްޔިތުން މަގުތަކަށް ނުކުމެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެ އިތުރުން ކަސްޓަމްސް އިން ވަނީ ހޮނިހިރު ދުވަހު އިތުުރު ކޯޓު އަމުރަކާއި އެކު ވިލާ ގްރޫޕްގެ ފަން އައިލެންޑް ރިސޯޓަށް އަރާ އެރަށުގައި ހުރި ހުރިހާ ބަނގުރަލެއް ގެންގޮސްފަ އެވެ.