ފޯނާ ކުޅެމުން ދިޔަ ބިދޭސިއަކު ވިލިމާލޭ ފެރީ ޓާމިނަލްގެ ދޮރުފަތުގައި ޖެހުމުން އެ ދޮރުފަތް ވެއްޓި ފުނޑު ފުނޑުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ވިލިމާލޭގައި ހުންނަ ޓާމިނަލްގައި މި ހާދިސާ ހިނގާފައި ވަނީ 9.30 ހާއިރެވެ.
ދޮރުފަތުގައި ޖެހުނީ ބިދޭސީ މީހާގެ ބޮލެވެ. ދޮރުފަތް ވެއްޓުނު ނަމަވެސް، ބިދޭސީ އެ މީހާ ބުނީ ދޮރުގައި ޖެހުނީ މާބާރަށް ނޫން ކަމަށެވެ.
ނަމަވެސް އެވަގުތު އެތަނުގައި ހުރި އެމްޓީސީސީގެ މުވައްޒަފަކު ބުނީ އޭނާ ދޮރުގައި ޖެހުނީ ވަރަށް ބާރަށް ކަމަށެވެ. ނަމަވެސް މި ހާދިސާގައި އެ މީހާ އެއްވެސް ޒަހަމެއް ނުލިބެ އެވެ.