ރާއްޖެއަށް އައިސް އުޅޭ ބުދުދީނުގެ ދެ ހާމުދުރަކަށް ބަޔަކު މީހުން ހަމަލާދޭން އުޅެފި އެވެ.
ސްރީ ލަންކާގެ އެ ރައްޔިތުންނަށް ހަމަލާދޭން އުޅުނީ އެ މީހުން ޗާންދަނީ މަގުގައި ތިއްބަ އެވެ. މަންޒަރު ފެނުނު މީހަކު ބުނި ގޮތުގައި ހާމުދުރުންނަށް ހަމަލާ ދިނުމުގެ ކުރިން ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހުންނަށް ރައްކާތެރިކަންދިނެވެ. އެއަށް ފަހު، ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ މީހުން ޕޮލިހުންގެ ވެހިކަލަށް އަރުވައިގެންދިޔައީ ކޮން ތަނަކަށް ކަމެއް ނޭނގޭ ކަމަށް މަންޒަރު ފެނުނު މީހަކު ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.