ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތިން ރިސޯޓެއް މިއަދު ވެސް ފުލުހުންނާއެކު، ކަސްޓަމްސް އާއި މީރާއިން އަރައި ބަލާ ފާސް ކުރަމުން އެބަދެއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފާސް ކުރަމުންދަނީ ހޮލިޑޭ އައިލެންޑާއި ސަން އައިލެންޑްގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓެވެ.
ކޯޓުން ނެރެފައިވާ އަމުރުގައި ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮންޑެޑް ވެއާ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓްގެ ނަމުގައި ދޫކުރި ބަނގުރާ ފަން އައިލެންޑް ރިސޯޓަށް ގެންގޮސްފައިވާ ކަމުގެ ތުހުމަތުކުރެވޭތީ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ ކަސްޓަމްސް އިން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ފުލުހުން އެހީތެރިކަން ދެމުންދާ ކަމަށެވެ. މި މައްސަލަ ގިނަ ފަރާތްތަކަކުން އަންނަނީ ކުށްވެރިކުރަމުންނެވެ. ގާސިމްގެ ރިސޯޓްތަކަށް އެރީ ބިރު ދެއްކުމަށް ކަމަށް ގިނަ ފަރާތްތަކަކުން ބުނެ އެވެ.