ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ފުލުހުން އަރުވައިގެން މިސަރުކާރުން ކުރަމުންދާ ކަންކަންމުން ގެއްލުންވާނީ ހަމައެކަނި ގާސިމްއަށް ނޫން ކަމަށާއި އެއީ މުޅި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދެވޭ ގެއްލުމެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Banguraa huri kamah bune siyaasee beynumah, resort faharah fuluhun fonuvaigen fathuruverin birugenevumun gehlun e dhevenee mulhi fathuruverikamuge sina'athah. Mikan kuhverikuran!
— Mohamed Nasheed (@MohamedNasheed) January 18, 2018
ރައީސް ނަޝީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަނގުރާ ހުރިކަމަށް ބުނެ، ސިޔާސީ ބޭނުމަށް ރިސޯޓްތަކަށް ފުލުހުން ފޮނުވައިގެން ފަތުރުވެރިން ބިރު ގެންނެވުމުން ގެއްލުން އެ ދެވެނީ މުޅި ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ. އަދި މިކަން ކުށްވެރި ކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ފުލުހުން އެހީތެރިކަން ދެމުންދާ ކަމަށެވެ.