ތާޖުއްދީން ސުކޫލްގެ އެތެރެއަށް ވަދެ ގޭންގަކުން ދަރިވަރަކަށް ހަމަލާދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދުގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 12.36 ހާއިރު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީގައި ޒަހަމްވި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި މާރާމާރީ ހިންގި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ މި މާރާމާރި ހިންގާފައި ވަނީ ތާޖުއްދީން ސުކޫލުގެ އެތެރެއަށް ޒުވާން ހަތަރު ކުދިން ވަދެ ކަމަށެވެ. އެ ކުދިންގެ ތެރެއިން ދެ ކުއްޖަކު ސުކޫލް ޔުނީފޯމް އަޅައިގެން ހުރި ފިރިހެން ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގް ކުރަމުންނެވެ.