ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 09:29
ގަތަރާއި ގުޅުން ކަނޑާލި ގައުމުތަކުންވަނީ އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައި
ގަތަރާއި ގުޅުން ކަނޑާލި ގައުމުތަކުންވަނީ އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައި
ގޫގުލް
ގަތަރުގެ މައްސަލަ
ޔޫއޭއީގެ މަތިންދާ ބޯޓްތަކަކަށް ހުރަސް އެޅިކަމަށް ބުނާ ވާހަކަ ޤަތަރުން ދޮގުކޮށްފި
ސައުދީ އިސްވެއޮވެ ޤަތަރާއި ގުޅުން ކަނޑާލާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހު
ގަތަރާއި ގުޅުން ކަނޑާލި ގައުމުތަކުންދަނީ އެ ގައުމުން ޓެރެރިޒމަށް ވާގިދޭކަމަށް ތުހުމަތުކުރަމުން

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެއް ޤަތަރުގެ ހަނގުރާމަމަތީ މަތިންދާ ބޯޓަކުން ހުއްޓުވި ކަމަށް އެ ގައުމުން ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ގަތަރުން ބުނެފިއެވެ.

ޔޫއޭއީން ހޯމަ ދުވަހު މި ތުހުމަތުތައް ކޮށްފައިވާއިރު ޤަތަރާއެކު ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ދަނީ ބޮޑުވަމުންނެވެ.

މިދިޔަ އަހަރުގެ ޖޫންމަހު ގަތަރާއި ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ސައުދީ އަރަބިއްޔާ،ޔޫއޭއީ، މިސްރު އަދި ބަހުރެއިނުންނެވެ. ގަތަރުން މީގެ ކުރިންވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ޔޫއޭއީގެ ހަނގުރާމަ މަތީ މަތިންދާ ބޯޓް ގަވައިދާ ޚިލާފަށް ވަދެފައިވާކަމަށް ބުނާ ދެ މައްސަލައެއް އދ. އަށް ހުށަހަޅާފައެވެ.

ގަތަރުގެ ބޯޓަކުން ޔޫއޭއީގެ ބޯޓެއް ހުއްޓުވިކަމަށްބުނާ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ ޔޫއީގެ ދައުލަތުގެ މީޑިއާ ޑަބްލިއުއޭމްއިން ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

އެ ގައުމުގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ(ޖީސީއޭއޭ) އާއި ހަވާލާދީ ބުނެފައި ވަނީ ގަތަރުން ހުރަސްއެޅި އެ ބޯޓަކީ ބަހްރެއިން މަގުން، އާއްމު ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބޯޓެއް ކަމަށެވެ.

ޖީސީއޭއޭއިންވަނީ އެކަން ކުށްވެރިކޮށް އެ ކަމަކީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ކުރިމަތިކުރުވި ސީރިއަސް ނުރައްކަލެއްކަމަށާއި އަދި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފްކަމެއްކަމަށް ބުނެފައެވެ.

ދެވަނަ ބޯޓަކަށް ހުރަސް އެޅިކަމަށް ރިޕޯޓްކޮށްފައިވަނީވެސް ހޯމަ ދުވަހުއެވެ. ޑަބްލިއުއޭއެމްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެވަނައަށް ހުއްޓުވާފައިވަނީ ބަހްރެއިންއަށް ދަތުރުކުރަމުން ދިޔަ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެކެވެ.

ޤަތަރުގެ ފޮރިން މިނިސްޓްރީއިންވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެ މިނިސްޓްރީއިންވަނީ ތަފްސީލީ ބަޔާނެއް ފަހުން ނެރޭނެ ކަމަށް ބުނެފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް