ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 08:16
އިނގިރޭސި ވައިގެ ސިފައިން ހުއްޓުވި ރަޝިޔާގެ ބޮން އަޅާ މަތިންދާބޯޓު
އިނގިރޭސި ވައިގެ ސިފައިން ހުއްޓުވި ރަޝިޔާގެ ބޮން އަޅާ މަތިންދާބޯޓު
އޭޕީ
ރަޝިއާ-އިނގިރޭސި ވިލާތް
އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދު ކައިރިން ރަޝިޔާގެ ޖެޓްތަކެއް ހުއްޓުވައިފި
ރަޝިޔާގެ އަސްކަރީ ޖެޓްތައް ޔޫރަޕްގެ ޤައުމުތަކުގެ ވައިގެ ސަރަހައްދަށް ވަނުމުގެ މައްސަލަ ވަނީ ބޮޑުވެފައި

އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދުގެ ކައިރިން ދަތުރު ކުރަމުންދިޔަ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް އިނގިރޭސި ވައިގެ ސިފައިން ހުއްޓުވައިފިއެވެ.

އިނގިރޭސި ދިފާޢީ ވުޒާރާއިން ބުނާ ގޮތުގައި ހޯމަ ދުވަހު އެޤައުމުގެ ވައިގެ ސަރަހައްދު ކައިރިއަށް އައީ ރަޝިޔާގެ ޓުޕޮލެވް ޓީ-ޔޫ 160 ބްލެކްޖެކް މަރުކާގެ ބޮން އަޅާ މަތިންދާބޯޓެކެވެ. އަދި އެ މަތިންދާބޯޓަށް ހުރަސް އެޅުމަށް ސްކޮޓްލެންޑްގެ ލުސީމަތް އެއަރފޯސް ބޭސްއިން ޓައިފޫން މަރުކާގެ ހަނގުރާމަމަތީ 2 ޖެޓް އުދުއްސާލި ކަމަށް އިނގިރޭސި ދިފާޢީ ވުޒާރާއިން ބުނެއެވެ.

ރަޝިޔާއިން އިނގިރޭސިވިލާތާއި ދިމާއަށް ރަޝިޔާގެ މަތިންދާބޯޓު އައި އިރު، އޭގެ ޙަރަކާތްތައް ބެލުމަށް ޔޫރަޕްގެ އެހެން ޤައުމުތަކުގެ ހަނގުރާމަމަތީ ޖެޓްތައް ޙަރަކާތްތެރިވިއެވެ. އަދި އިނގިރޭސި އަސްކަރީ ޖެޓްތަކާއި ރަޝިޔާގެ ބޮން އަޅާ މަތިންދާބޯޓު 'ބައްދަލުވީ' ނޯތު ސީ މަތިން ކަމަށްވެއެވެ. އިނގިރޭސިވިލާތުގެ ކައިރިން ދިޔަ ނަމަވެސް، ރަޝިޔާގެ މަތިންދާބޯޓު އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދަށް ވަދެފައިނުވާ ކަމަށް އިނގިރޭސިވިލާތުން ބުނެއެވެ.

ރަޝިޔާގެ މިޢަމަލަކީ ނޭޓޯގެ މެމްބަރު ޤައުމުތަކުން ވައިގެ ހަމަލާއަކަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. 

ރަޝިޔާގެ އަސްކަރީ ޖެޓްތައް ޔޫރަޕްގެ ޤައުމުތަކުގެ ވައިގެ ސަރަހައްދަށް ވަންނަ މައްސަލައާއި، ޔޫރަޕްގެ ޤައުމުތަކުގެ އަސްކަރީ ޖެޓްތަކަށް ޖެއްސުންކުރާކަމުގެ ރިޕޯޓްތައް ފަހަކަށް އައިސް ވަރަށް ގިނައިން ރިޕޯޓް ކޮށްފައިވެއެވެ. 

ވައިގެ މަގުން ނޭޓޯގެ ޤާބިލްކަން ވަޒަންކުރުމުގެ އިތުރުން ރަޝިޔާއިން ގެންދަނީ ޔޫރަޕްގެ ޤައުމުތަކާއި ނޭޓޯގެ ކަނޑުގެ ޤާބިލްކަންވެސް ޓެސްޓްކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ވެސް އިނގިރޭސި ކަނޑުގެ ސިފައިން ވަނީ އިނގިރޭސިވިލާތުގެ ކަނޑުގެ ސަރަހައްދުގައި ޙަރަކާތްތެރިވަމުންދިޔަ ރަޝިޔާގެ އަސްކަރީ 2 މަނަވަރަކަށް ހުރަސް އަޅާފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
22 ޖެނުއަރީ 2018 | ހޯމަ 13:48
ނުހުއްޓުވޭނެ، އެމީހުންމާބާރުގަ
ނުހުއްޓުވޭނެ، އެމީހުންމާބާރުގަދަވާނެ