ކ. މާލެ
|
14 ޖެނުއަރީ 2018 | އާދީއްތަ 23:34
ބޮޑުވަޒީރު ނަތަންޔާހޫ (ކ) އަދި ބޮޑުވަޒީރު މޯދީ
ބޮޑުވަޒީރު ނަތަންޔާހޫ (ކ) އަދި ބޮޑުވަޒީރު މޯދީ
ޕީޓީއައި
އިސްރާއީލް - އިންޑިއާ
އިޒްރޭލުގެ ބޮޑުވަޒީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންފި
މިއީ ނަތަންޔާހޫ އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު
ދެގައުމުގެ ވެރިން އެއްބަސްވުންތަކުގައި ސޮއެކުރައްވާނެ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޑިއާ ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އާދީއްތަ ދުވަހު އެގައުމަށް ވަޑައިގެންފިއެވެ.

އިޒްރޭލާއި އިންޑިއާ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާތާ 25 އަހަރުވެފައިވާ އިރު، އިޒްރޭލު ބޮޑުވަޒީރު އިންޑިއާ އަށް ވަޑައިގެންނެވީ ހަ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ. ބޮޑުވަޒީރު ނަތަންޔާހޫ އިންޑިއާ އަށް ވަޑައިގެންނެވީ ދެގައުމުގެ އަސްކަރީ، އިގްތިސާދީ އަދި ސަގާފީ ގުޅުން އިތުރަށް ވަރުގަދަކުރެއްވުުމުގެ ބޭނުންފުޅުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮޑުވަޒީރު ނަތަންޔާހޫ އަށް އިންޑިއާގެ އިންދިރާ ގާންދީ އިންޓަނޭޝަނަަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ހިމެނިވަޑައިގަންނަވަނީ 2003 ގައި އިޒްރޭލުގެ އޭރުގެ ބޮޑު ވަޒީރު އޭރިއަލް ޝެރޯން އިންޑިއާ އަށް ވަޑައިގެންނެވި ފަހުން އިންޑިއާ އަށް ވަޑައިގަންނަވާ އިޒްރޭލުގެ ދެވަނަ ލީޑަރަށެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީ މިދިޔަ އަހަރުގެ ޖުލައި މަހު، އިންޑިއާގެ ބޮޑުވަޒީރަކު އިޒްރޭލަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައިވަނީ ވަޑައިގެންފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް