ކ. މާލެ
|
14 ޖެނުއަރީ 2018 | އާދީއްތަ 19:01
ތޫނިސްގައި ކުރެވެމުންދާ މުޒާހަރާތަކުގެ ތެރެއިން
ތޫނިސްގައި ކުރެވެމުންދާ މުޒާހަރާތަކުގެ ތެރެއިން
ރޮއިޓަރސް
ތޫނިސް މުޒާހަރާތައް
ތޫނިސްގައި ކުރެވެމުންދާ މުޒާހަރާތަކާއި ގުޅިގެން އިޖުތިމާއީ އިސްލާހުތައް ގެންނަން ނިންމައިފި
މިހާތަނަށް މުޒާހަރާތަކުގައި 800 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކުރެވިފައި

ތޫނިސްގައި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުން އެގައުމުގައި ކުރެވުނު މުޒާހަރާތަކާ ގުޅިގެން ސަރުކާރުން އިޖުތިމާއީ އިސްލާހުތައް ގެންނަން ނިންމައިފިއެވެ.

މި ޖެނުއަރީ ހަތެއްގައި ތޫނިސްގައި ކުރެވުނު މުޒާހަރާތައް ފެށިފައި ވަނީ ވެލިއު-އެޑެޑް ޓެކްސް ނަގަން ނިންމުމާ ގުޅިގެންނާއި އަދި 2018 ގެ ބަޖެޓުގައި ބައެއް މުދަލުގެ އަގުބޮޑުކުރަން ނިންމުމާ ގުޅިގެންނެވެ.

މުޒާހަރާތައް ފެށުމާ ގުޅިގެން ސަރުކާރުގެ ކުއްލި ބައްދަލުވުންތަކެއް ބޭއްވުނު އިރު މުޒާހަރާތަކުގައި 800 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރެވިފައިވެއެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން އާދީއްތަ ދުވަހު ވަނީ މުޅިން އާ މުޒާހަރާތައް ފެށިފައެވެ. އެއީ އަރަބް ސްޕްރިންގް ނުވަތަ އަރަބި ބަހާރު މޫސުން ފެށުމާ ގުޅިގެން މަގާމުން ދުުރުކުރެވުނު އޭރުގެ ތޫނިސްގެ ރައީސް ޒައިން އަލް-އަބިދީން މަގާމުން ދުރުކުރެވުނުތާ ހަތް އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ. މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ބުނަމުން ދަނީ ތޫނިސްގެ ކުރީގެ ވެރިކަމަށް ފަހުވެސް ގައުމަށް ހެޔޮ ބަަދަލުތަކެއް ނައަންނަ ކަމަށެވެ.

ތޫނިސްގައި ކުރެވެމުންދާ މުޒާހަރާތަކާ ގުޅިގެން ސަރުކާރުން އިސްނަގައިގެން ރައީސް ބެޖީ ސެއިދް އެސެބްސީ އާއި ސިޔާސީ ޕާޓީތަކާއި ޓްރޭޑް ޔޫނިއަންގެ ފަރާތްތަކާ އެކު ހޮނިހިރު ދުވަހު ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމާ ގުޅޭގޮތުން އެގައުމުގެ ސޯޝަލް އެފެއާސް މިނިސްޓަރު މުހައްމަދު ޓްރަބެލްސީ ވަނީ ސަރުކާރުން ފަގީރު އާއިލާތަކަށް ކޮންމެ މަހަކު ދޭ އެހީ މިހާރަށް ވުރެ އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރަށް ވުރެ ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ގާއިމު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ރައްޔިތުން ގެދޮރުވެރިކުރުމުގެ މަސައްކަތް މިހާރަށް ވުރެ ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް